ކުޅިވަރު

ޖަރުމަން ކަޕްގެ ފައިނަލުން ޑޯޓްމުންޑް ޖާގަ ހޯދައިފި


ހާރތާ ބާލިން ބަލިކޮށް، ޑީއެފްބީ ޕޯކަލް ކަޕްގެ ފައިނަލުން ބޮރޫޝިއާ ޑޯޓްމުންޑް ޖާހަ ހޯދައިފިއެވެ. 

ޑީއެފްބީ ޕޯކަލް ކަޕް ނުވަތަ ޖަރުމަން ކަޕްގެ ފައިނަލުން ބޮރޫޝިއާ ޑޯޓްމުންޑް ޖާގަ ހޯދީ ސެމީ ފައިނަލްގައި ހާރތާ ބާލިން ތިނެއް ސުމަކުން ބަލިކޮށްގެންނެވެ. 

ރޭގެ މެޗުގައި ބޮރޫޝިއާ ޑޯޓްމުންޑްގެ ފުރަތަމަ ގޯލް ޖަހައިދިނީ ގޮންޒާލޯ ކާސްޓްރޯއެވެ. އަނެއް ދެ ލަނޑު ޖަހައިދިނީ މާކޯ ރޫސް އަދި ހެންރިކް މިޚްތަރިޔަންއެވެ. 

ޖަރުމަން ކަޕްގެ ފައިނަލުގައި ބޮރޫޝިއާ ޑޯޓްމުންޑް ނިކުންނާނީ ބަޔާން މިޔުނިކާއި ދެކޮޅަށެވެ. 

މި ދެޓީމް މިދިޔަ އަހަރުގެ ޖަރުމަންކަޕްގެ ސެމީ ފައިނަލުގައި ވާދަކުރި މެޗް ޕެނަލްޓީ ޖަހައިގެން ކުރި ހޯދީ ބޮރޫޝިއާޑޯޓްމުންޑެވެ. އަދި އެންމެ ފަހުން މި ދެޓީމް ފައިނަލްގައި ވާދަކުރި ފަހަރުވެސްޑޯޓްމުންޑްވަނީ ބަޔާންގެ މައްޗަށް ކުރި ހޯދާފައެވެ. އެއީ 2012 ވަނަ އަހަރުއެވެ. 

ބޮރޫޝިއާޑޯޓްމުންޑް އަދި ބަޔާން މިޔުނިކް ވާދަކުރާ ފައިނަލް މެޗް އޮންނާނީ އަންނަ މަހުގެއެކާވީސްވަނަ ދުވަހުގައެވެ.