ޚަބަރު

މެދުރާއްޖެތެރެއަށް މޫސުން ގޯސް، ގަޑިއަކު 40 މޭލަށް ވައިގަދަވާނެ


  • ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ

  • ވިލާގަނޑަކުގައި ގަޑިއަކު 40 މޭލަށް ވައި ގަދަ ވާނެ

މެދުރާއްޖެތެރޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

އެ އިދާރާއިން މި ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށެވެ. މި ސަރަހައްދަށް ހުދު ސަމާލު ނެރެފައި ވަނީ މިރޭގެ 19:30 އިން ފެށިގެން 00:30 އަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑަކުގައި ގަޑިޔަކު 40 މޭލަށް ވައި ގަދަ ވާނެކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

މިއަދުގެ 18:00 އިން ފެށިގެން 23:00 އަށް ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށްވެސް ހުދު ސަމާލު ނެރެފައިވާއިރު، ވ އަތޮޅުން ފެށިގެން ލ. އަތޮޅަށް ވަނީ މިއަދު 15:30 އިން 19:30 އަށް ވަނީ ރީނދޫ ސަމާލުވެސް އެ އިދާރާއިން ނެރެފައިވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.