ޚަބަރު

ވިލާ ކޮލެޖްގެ ކޯސްތަކުން 110 ދަރިވަރުން ދަސްވެނިވެއްޖެ


ވިލާކޮލެޖުން މިދިޔަ އަހަރު ހިންގި ކޯސްތަކުން ސަތޭކަ ދިހަ ދަރިވަރުން ދަސްވެނިވެއްޖެއެވެ. މި ކޯސްތަކުން ދަސްވެނިވި ދަރިވަރުންނަށް  ސަނަދު ދީފައިވަނީ ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. 

ވިލާކޮލެޖުން މިދިޔަ އަހަރު ހިންގި ކޯސްތައް ނިންމި ދަރިވަރުންނަށް ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވަނީ ހަތް ދާއިރާއަކުން މަތީ ތައުލީމް ހާސިލްކުރި ދަރިވަރުންނަށް ސަނަދު އަރުވާފައެވެ. މިގޮތުން ދަސްވެނިވެ ސަނަދު ޙާޟިލްކޮށްފައިވާ ދަރިވަރުންގެ ތެރޭގައި ހިމެނެނީ:

•މާސްޓަރ އޮފް ޝަރީއާ 46 ދަރިވަރުން،

•ބެޗްލަރ އޮފް ޝަރީއާ ވިތް އޮނާރސް 6 ދަރިވަރުން

•މާސްޓާސް އިން ރިސާރޗް ސްޓަޑީޒް 8 ދަރިވަރުން،

•ޕޯސްޓް ގްރެޖްއޭޓް ޑިޕްލޮމާ އިން ރިސާރޗް ސްޓަޑީޒް 7 ދަރިވަރުން،

•ޕޯސްޓް ގްރެޖްއޭޓް ޑިޕްލޮމާ އިން ޕަބްލިކް ހެލްތް 10 ދަރިވަރުން،

•ޕޯސްޓް ގްރެޖްއޭޓް ޑިޕްލޮމާ އިން ޕަބްލިކް ހެލްތް 10 ދަރިވަރުން،

•ޕޯސްޓް ގްރެޖްއޭޓް ސެޓްފިކެޓް އިން ރިސާޗް ސްޓަޑީޒް 6 ދަރިވަރުން،

•ޕޯސްޓް ގްރެޖްއޭޓް ޑިޕްލޮމާ އޮފް ޓީޗިންގ 20 ދަރިވަރުން،

•ބެޗްލާ އޮފް ޓީޗިންގ 7 ދަރިވަރުން ހިމެނެއެވެ.

ވިލާކޮލެޖުން އެންމެ މަތީ މާކްސް ހޯދާ ދަރިވަރުންނަށް ދޭ ވިލާކޮލެޖް ބުކް ޕްރައިޒް އެވޯޑް 35 ދަރިވަރަކު ވަނީ މިރަސްމިއްޔާތުގައި ޙާޞިލްކޮށްފައެވެ. އަދި ވިލާ ކޮލެޖުން ހިންގާ ވަކިވަކި ކޯސްތަކުން އެންމެ މަތިން މާކްސް ހޯދާ ދަރިވަރުންނަށްދޭ ގާސިމް އިބްރާހީމް އެވޯޑް ފޮރ އެކްސްސަލެންސް އެވޯޑް 8 ކުއްޖަކުވަނީ ހާސިލްކޮށްފައެވެ. މަތީ ތައުލީލް ހާސިލްކުރަން ބޭންނުވާ ދަރިވަރުންނަށް ފަސޭހަ އަދި އަގުހެޔޮ ގޮތެއްގައި ރާއްޖޭގައި ތިބިގެން ތައުލީމުގެ ފުރުސަތު ހޯދުމަށްޓަކައި ވިލާކޮލެޖުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވިލާކޮލެޖްގެ އެކި ކެމްޕަސްތައްރާއްޖޭގެ އެކި ސަރަހައްދަތުތަކުގައި ވަނީ ހުޅުވާ އެތަނުން އެކި ފެންވަރުގެ ކޯސްތައް ހެދޭގޮތަށް މަގުފަހިކޮށްފައެވެ.