ޚަބަރު

ހިދުމަތުގެ އަގުވަޒަންކޮށް، މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް އެވޯޑް


  • ސިލްވަރ މެޑަލް 10 މުވައްޒަފަކަށް

  • ބްރޯންޒް މެޑަލް 57 މުވައްޒަފަކަށް

  • އެމްޕްލޯއީ އެވޯޑް 34 މުވައްޒަފަކަށް

ރައްޔިތުންގެ މަޖިލީހުގައި ހިދުމަތްކުރާ މުވައްޒަފުންގެ އަގުވަޒަކޮށް، އެކި ގޮތްގޮތުން ފާހަގަކުރެވޭ މުވައްޒަފުންނަށް އެވޯޑް ދީފިއެވެ.

މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސްޓާފް ނައިޓްގައި އެންމެ ރަނގަޅު މުވައްޒަފުންނަށާއި މަޖިލީހަށް ޚިދުމަތުގައި ގިނަ ދުވަސްވީ މުވައްޒަފުންގެ އަގުވަޒަންކޮށްފައެވެ.

ދަރުބާރުގޭގައި ބޭއްވި ސްޓާފް ނައިޓް ޝަރަފުވެރިކޮށްދެއްވީ މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދު ﷲ ޝާހިދުއެވެ. މި ހަފްލާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ މެމްބަރުންނާއި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަފްލާގައި 25 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ 5 މުވައްޒަފަކަށް ވަނީ ގޯލްޑް މެޑައްޔާއި ހަނދާނީ ފިލާ ހަވާލުކޮށްފައެވެ. އަދި 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޚިދުމަތް ކުރި މުވައްޒަފުންގެ ތެރެއިން 57 މުވައްޒަފަކަށް ބްރޯންޒް މެޑައްޔާއި ހަނދާނީ ފިލާ، މަޖިލީހުގައި 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ 10 މުވައްޒަފަކަށް ސިލްވަރ މެޑައްޔާއި ސެޓްފިކެޓް ހަވާލުކުރިއެވެ.

މީގެއިތުރުން މަޖިލީހުގެ މުވައްޒަފުންގެ ގޮތުގައި 5 އަހަރާއި 10 ދެމެދުގެ މުއްދަތަކަށް ޚިދުމަތް ކުރި 58 މުވައްޒަފަކަށް ވަނީ ޚިދުމަތުގެ ސެޓްފިކެޓް ދީފައެވެ. އަދި 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޚިދުމަތް ކުރި 7 މުވައްޒަފަކަށް ހަނދާނީ ފިލާ، އެމްޕްލޯއީ އެވޯޑް 34 މުވައްޒަފަކަށް ދީފައެވެ.