ޚަބަރު

ޕޮލިޓެކްނިކާ ގުޅިގެން ފެނަކައިގެ މުވައްޒަފުން ތަމްރީންކުރަނީ


  • ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައި

  • ކަރަންޓް އުފައްދައި ފޯރުކޮށްދިނުމުގެ ލައިސަންސް ދޫކުރެވޭނެ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުން މަސައްކަތު ދާއިރާއިން ތަމްރީންކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މީހުން ތަމްރީންކުރުމާއި، ފެނާއި ނަރުދަމާގެ ޤާނޫނައި ކަރަންޓް އުފައްދައި ފޯރުކޮށްދިނުމުގެ ލައިސަންސް ދޫކުރުމާއި ބެހޭ ޤަވާއިދަށް އެކުންފުނީގެ ޓެކްނިކަލް މުވައްޒަފުން އެއް ހަމަކުރުންކަމަށް ފެނަކައިން ބުނެއެވެ. އަދި ޕޮލިޓެކްނިކްގެ ދަސްވާރުންނަށް "އިންޑަސްޓިރިއަލް އެކްސްޕީރިއެންސް" މި އެއްބަސްވުމުގެ ތެރެއިން ހޯދައިދެވޭނެކަމަށްވެސް އެ ކޯރޕަރޭޝަނުން ބުނެއެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކެކެވެ.

މި އެއްބަސްވުމުގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ޛޫޝާން ކަމާލުއްދީނެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޙުސައިން ޒުހުރީއެވެ.