ޚަބަރު

ނެމީބިއާގެ ރައީސް އަވަހާރަވުމާ ގުޅިގެން ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމަވައިފި


  • ނެމީބިއާގެ ރައީސް އަވަހާރަވީ އުމުރުފުޅުން 82 އަހަރުގައި

ނެމީބިއާގެ ރައީސް ހާގޭ ގެންގޮބް، އަވަހާރަވުމާ ގުޅިގެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ނެމީބިއާގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި، 2 ދުވަހަށް ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. ޤައުމީ ދިދަ ތިރިކުރެއްވުމަށް ނިންމަވާފައިވަނީ ފެބުރުވަރީ 6 ވާ އަންގާރަ ދުވަހުން ފެށިގެން ފެބުރުވަރީ 7 ވާ ބުދަ ދުވަހުގެ ނިޔަލަށެވެ.

ނެމީބިޔާގެ ރައީސް އަވަހާރަވީ ކެންސަރު ބަލީގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އުމުރުފުޅުން 82 އަހަރުގައެވެ. ނަމަވެސް, ގެންގޮބް އަވަހާރަވެފައި ވަނީ އެ ބަލީގައި ކަން އޭނާގެ އޮފީހުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ދިވެހިރާއްޖެއާއި ނެމީބިއާއާ ދެޤައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމު ކޮށްފައިވަނީ 26 ޖުލައި 1990 ގައެވެ.