ޚަބަރު

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ 4 މީހަކަށް ފަރުވާދެނީ


  • އެކްސިޑެންޓް ހިނގީ 2 ސައިކަލު ޖެހިގެން

  • އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހަވީރު

ހުޅުމާލޭ ފޭސް 2 ގައި 2 ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ހުޅުމާލެ ފޭސް 2 ގެ ފިތުރޯނު ހިނގުމުގައި ހިނގި މިއެކްސިޑެންޓްގައި 2 ސައިކަލުގައި ތިބި 4 މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.

މިއެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 16:28 ގައެވެ.

މިއެކްސިޑެންޓް އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުންގެ ޚިދުމަތުންވަނީ ވިދާޅުވެފައެވެ.