ޚަބަރު

އެމްޕީއެލްގެ މުވައްޒަފުން އައިޖީއެމްއެޗަށް ލޭ ހަދިޔާކޮށްފި


  • އެމްޕީއެލްގެ ގިނަ މުވައްޒަފުން ލޭ ހަދިޔާކުރި

  • އެމްޕީއެލްއިން މީގެ ކުރިންވެސް ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ބާއްވާފައިވޭ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލް އާއި އައިޖީއެމްއެޗް ގުޅިގެން "ބްލަޑް ޑްރައިވް" ހަރަކާތެއް ބާއްވައިފިއެވެ.

މި "ބްލަޑް ޑްރައިވް" ހަރަކާތަކީ އައިޖީއެމްއެޗްގެ ބްލަޑް ބޭންކަށް އެހީތެރިވެދިނުމުގެ ގޮތުން އައިޖީއެމްއެޗާ ގުޅިގެން އެމްޕީއެލްއިން ބޭއްވި ހަރަކާތެއްކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މާލޭ ނޯތު ހާބަރުގައި ކުރިއަށް ގެންދިޔަ "ބްލަޑް ޑްރައިވް"ގައި އެމް.ޕީ.އެލްގެ ގިނަ މުވައްޒަފުުން ބައިވެރިވެ، ލޭ ހަދިޔާކޮށްފައިވެއެވެ.

މިހަރަކާތަކީ ލޭ ހަދިޔާކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން އެމްޕީއެލްގެ މުވައްޒަފުން ހޭލުންތެރި ކުރުވައި، މުވައްޒަފުންގެ މެދުގައި ލޭ ހަދިޔާކުރުމުގެ ރޫޙު އާލާކޮށް އަދި މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކުގައި ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތެއްކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެމް.ޕީ.އެލް އިން ވަނީ މީގެ ކުރިންވެސް އެކި ފަހަރު މަތިން ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ބާއްވާފައެވެ. އަދި ލޭ ހަދިޔާކުރުމަށް ބާއްވާ ހަރަކާތްތަކަކީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށްވެސް އެކުންފުނިން ބުނެއެވެ.