ޚަބަރު

ވަންދޫގައި އަލަށް ބިނާކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިިފި


  • 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރޭ

  • 300 މީހުންގެ ޖާގައިގެ މިސްކިތެއް

ތ. ވަންދޫގައި އަލަށް ބިނާކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިިފިއެވެ.

ތ އަތޮޅު ވަންދޫގައި ބިނާކުރުމަށް ހަމަޖެހިފައިވާ އައު މިސްކިތުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ އެކަމަށް ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޝުޖާޢު އަބްދުލް ހަކީމް އަދި ވަންދޫ ކައުންސިލްގެ ރައީސް ޝިޔާޒް އިބްރާހީމެވެ.

ވަންދޫގައި ޢިމާރާތްކުރާ މިސްކިތުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 9,778,268.92 (ނުވަ މިލިއަން ހަތްދިހަ ހަތްލައްކަ އަށްހާސް ދުއިސައްތަ ފަސްދޮޅަސް އަށް ރުފިޔާ ނުވަދިހަ ދެ ލާރި) އެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ. އަދި ފިރިހެނުންނާއި އަންހެނުންނަށްވެސް ނަމާދުކުރެވޭގޮތަށް ބިނާކުރާ މި މިސްކިތަކީ ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މިސްކިތެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.