ޚަބަރު

ތަކަންދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑި ކޮންގްރެސް ޕާޓީއަށް


  • ކައުންސިލް ގޮނޑި ލިބިވަޑައިގެންނެވީ ހއ. ތަކަންދޫ، ޑޭޒީމާގެ ފަހީމާ މުޙައްމަދަށް

  • އިންތިހާބަށް ކުރިމަތިލެއްވީ ޕީއެންސީގެ ކެނޑިޑޭޓް އެކަނި

ހއ. ތަކަންދޫ ކައުންސިލުން ހުސްވެފައިވާ އަންހެނުންނަށް ޚާއްސަ ގޮނޑި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން ކާމިޔާބުކޮށްފިއެވެ.

ތަކަންދޫގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮތީ އަންނަ މަހުގެ 24ގައެވެ.

އެ އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުޞަތުގައި އެ ގޮނޑިއަށް ކުރިމަތިލެއްވީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ހއ. ތަކަންދޫ، ޑޭޒީމާގެ ފަހީމާ މުޙައްމަދު އެކަނިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެހެންކަމުން ތަކަންދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ފަހީމާ އިންތިހާބުވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.