ޚަބަރު

ބޯޑުގެ ނޮން އެގްޒެކެޓިވް މެންބަރުން ވަކިކުރިނަމަވެސް ޚިދުމަތަށް ބުރުނާރާނެ: ބީއެމްއެލް


  • ބީއެމްއެލް ބޯޑުގައި 11 މެންބަރުން ތިއްބަވާ

  • ވަކިކުރެއްވީ ނިން އެގްޒެކްޓިވް 5 މެންބަރުން

  • މެންބަރުން އައްޔަންކުރަން ޢާންމު ޖަލްސާއެއް ބާއްވަން ޖެހޭނެ

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް ބޯޑުގެ ހުރިހާ ނޮން އެގްޒެކެޓިވް މެންބަރުން ވަކިކުރިނަމަވެސް އެބޭންކުން ފޯރުކޮށްދޭ އެއްވެސް ޚިދުމަތަކަށް ބުރުނާރާނެކަމަށް ބުނެފިއެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުގެ ނޮން އެގްޒެކެޓިވް މެންބަރުން ވަކި ކުރެއްވިކަމަށް އަންގަވައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީ އިން ފޮނުވި ސިޓީ ބޭންކަށް ލިބިފައިވާ ކަމަށެވެ. ވަކި ކުރެއްވި މެންބަރުންގެ ތެރޭގައި ޗެއާޕާސަން ޔޫޝަޢު ސަޢީދު ހިމެނިވަޑައިގަންނަވާހެން 5 މެންބަރުންނެވެ.

11 މެންބަރުން ތިއްބަވާ ބީއެމްއެލް ބޯޑުން ވަކި ނުކުރައްވަނީ އެގްޒެކެޓިވް މެމްބަރުންގެ ގޮތުގައި ތިއްބެވި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމަކް އާއި އައިޝަތު ނޫރައްދީނެވެ. ދެން ތިއްބަވާނީ ހިއްސާދާރުންގެ ތެރެއިން އިންތިހާބުކޮށްފައިވާ ތިން މެމްބަރުންނެވެ. އެހެންކަމުން މިވަގުތު ބޯޑުގައި ތިއްބަވާނީ 5 މެންބަރުންނެވެ.