އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ދެވަނަ ބުރުގެ ފަހު ޖާގަތައް ކޮންގޯ އާއި މޮރޮކޯއިން ކަށަވަރުކޮށްފިއެވެ.
ޓެންޒޭނިޔާ ކޮންގޯ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުކޮށްލައިގެން މުބާރާތުގެ ގަދަ ސޯޅަ ބުރުން ޖާގަ ހޯދިއިރު މި ނަތީޖާއާއެކު އެންމެ ބޮޑު ފައިދާއެއް ކޮށްފައިވަނީ ކުޅިބަލަން އޮތް އައިވަރީކޯސްޓް އަށެވެ. މުބާރާތުގެ ގަދަ 16 ބުރަށް ކޮންގޯ ދިޔައީ ގުރޫޕުގެ ދެ ވަނައިގައި ތިން ޕޮއިންޓާއެކު އެވެ.
ހަމަ މި އަދަދަށް ގުރޫޕް އޭއިން ޕޮއިންޓް ހޯދި ނަމަވެސް ތިންވަނައަށް ދިޔަ އައިވަރީކޯސްޓް މުބާރާތުން ކެޓުމުގެ ތުންފަތްމަތީގައި ވަނިކޮށް ތިންވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމުތަކުގެ ތެރޭގައި ހިމެނިގެން އެޓީމު ވެސް ވަނީ ގަދަ 16 ބުރުން ޖާގަ ހޯދާފައެވެ. ނަތީޖާތައް ގޯސްވުމުން ޓީމުގެ ކޯޗު ޖިއާން ލުއިސް ގެސެޓް ވަނީ މަގާމުން ވަކިކޮށްފައެވެ.
ރޭ މޮރޯކޯ ވަނީ ޒެންބިޔާ ބަލިކޮށް މުބާރާތުގެ ގަދަ 16 ބުރު ޔަގީންކޮށްފައެވެ. މެޗުގައި މޮރޮކޯއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަކީމް ޒީއެޗް އެވެ. މުބާރާތުގެ ގަދަ 16 ބުރުގެ މެޗުތަކަށް ބަލާއިރު ނައިޖީރިޔާ އާއި ކެމަރޫން ވާދަކުރާ މެޗާއި، ސެނެގާލް އާއި އައިވަރީ ކޯސްޓް ވާދަކުރާ މެޗާއި ދެކުނު އެފްރިކާ އާއި މޮރޮކޯ ވާދަކުރާ މެޗު ފާހަގަކޮށްލެވެއެވެ.
މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ގާނާ އާއި ދެ ފަހަރު ތަށި ހޯދި އަލްޖީރިއާ ވަނީ ގުރޫޕް ސްޓޭޖުން ކަޓާފައެވެ.