ޚަބަރު

އިންޑިއަން ރިޖަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަކަށް ނުކުރާނެ: މެޓް


  • ބިން ހެލުން އައީ ރާއްޖެ ގަޑިން މެންދަމު 03:09 ގައި

  • ނުރައްކާވާނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެނޭ

  • ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެ

އިންޑިއަން ރިޖު ސަރަޙައްދަށް އައި ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އިންޑިއަން ރިޖަށް ބިންހެލުން އައިސްފައިވަނީ 6.2 މެގްނިޓިއުޑްގެ ބާރުމިނުގައި ކަމަށެވެ. މި ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން މެންދަމު 03:09 ގައި ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

މެޓް އޮފީހުން ނެރެފައިވާ ބަޔާނުގައިވާ ގޮތުން އިންޑިއަން ރިޖްއާއި އައްޑޫ ސިޓީއާއި ހުރި ދުރުމިނަކީ 5282 ކިލޯމީޓަރެވެ. ނަމަވެސް މި ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށާއި، ނުރައްކާވާނެ ކަމަށް ނުބެލެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.