ޚަބަރު

ޑައިވިން ދޯނީގެ ބުރަފަތީގައި ޖެހި ފަތުރުވެރިއެއްގެ ފައި ބުރިވެއްޖެ


  • ބުރަފަތީގައި ޖެހިގެން ފައި ބުރިވެފައިވަނީ އެމެރިކާގެ އަންހެނެއްގެ

  • ޓްރީޓޮޕް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން

ހުޅުމާލެ ކައިރީ އޮންނަ ޑައިވިން ޕޮއިންޓަކަށް ޑައިވްކުރި ފަތުރުވެރިއަކު މައްޗަށް އެރި ވަގުތު ޑައިވިން ދޯނީގެ ބުރަފަތީގައި ޖެހި ފައި ބުރިވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާގައި ޒަޚަމްވެފައިވަނީ އުމުރުން 63 އަހަރުގެ އެމެރިކާގެ އަންހެނެއްކަމަށެވެ. އަދި އޭނާގެ ފައިގެ ކަކުލުހުޅުގެ ތިރިން ފައި މުޅިން ބުރިވެފައިވާ ކަމަށެވެ. އެ އަންހެން މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ވިދާލުވެއެވެ.

ހުޅުމާލެ ކައިރީ އޮންނަ ޑައިވިން ޕޮއިންޓަކަށް ޑައިވް ކުރި ފަތުރުވެރިއަކު މައްޗަށް އެރި ވަގުތު ޑައިވިން ދޯނީގެ ބުރަފަތީގައި ޖެހި އަނިޔާވިކަމުގެ މައުލޫމާތު ފުލުހަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 8:30 ހާއިރުއެވެ. ފުލުހުން އަންނަނީ މި ހާދިސާ ތަޙުޤީގުކުރަމުންނެވެ.