ކުޅިވަރު

އިންޓަރ ސްކޫލް ޓީޓީ މުބާރާތް ފަށައިފި


8 ވަނަ މައިލޯ އިންޓަރ ސްކޫލް ޓޭބަލް ޓެނިސް މުބާރާތް އިއްޔެ ފަށައިފިއެވެ. 

ޖުމްލަ 13 ސްކޫލް ވާދަކުރާ މި މުބާރާތުގައި 4 އުމުރުފުރާއަކުން ސަތޭކައަށްވުރެ ގިނަ ދަރިވަރުން ވާދަކުރެއެވެ. މި މުބާރާތުގައި ސްކޫލްތައް ވާދަކުރާ އުމުރުފުރާތަކަކީ 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން 16 އަހަރުން މަތީގެ އުމުރުފުރައެވެ. 

މި މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ އަމީނިއްޔާ ސްކޫލް، އިސްކަންދަރު ސްކޫލް، ދަރުމަވަންތަ ސްކޫލް، ލާލޭ ޔޫތް އިންޓަނޭޝަނަލް ސްކޫލް، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، ޖަމާލުއްދީން ސްކޫލް ކަލާފާނު ސްކޫލް، ތާޖުއްދީން ސްކޫލް، ހިރިޔާ ސްކޫލް، ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލްގެ އިތުރުން ސީއެޗްއެސްއީ، އަހްމަދިއްޔާ އަދި ރެހެންދި ސްކޫލެވެ. 

މި މުބާރާތުގެ ކުޅުން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.