ފާރެއްވެއްޓުނު ހާދިސާއެއްގައި 2 މީހަކަށް އަނިޔާވެއްޖެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ ފާރެއްވެއްޓި، ޅ.ދިއްފުށިމާދޫއަށް ދަތުރުގޮސް އުޅުނު ފިރިހެނަކާއި އަންހެނަކަށް އަނިޔާވެފައިވާކަމަށެވެ.
އަނިޔާ ލިބިފައިވަނީ އުމުރުން 57 އަހަރުގެ އަންހެނަކަށާއި 27 އަހަރުގެ ފިރިހެނަކަށެވެ.
މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ފަތިހު 05:19 ހާއިރު ލިބުމުން ހަރަކާތްތެރިވާން ފެށިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އެގޮތުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ "ހާބަރކްރާފްޓް 116" ގައި 06:47 ހާއިރު އެ ސަރަހަހައްދަށް ގޮސް، މިއަދު 08:00 ހާއިރު އެ ހާދިސާގައި އަނިޔާލިބުނު މީހުން ޅ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މިހާދިސާގައި އަނިޔާވި ދެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައިނުވެއެވެ.