ކުޅިވަރު

ފައިނަލުގެ ފުރަތަމަ ޖާގަ މިސްކިތްމަގަށް


ވީއޭއެމް ޕްރެޒިޑެންޓްސް ކަޕްގެ ދެކުނު ބައިގެ ފައިނަލްގެ ފުރަތަމަ ޖާގަ މިސްކިތްމަގު އެންމެންގެ ގުޅުން ހޯދައިފިއެވެ. 

މުބާރާތުގައި ފައިނަލުން މިސްކިތްމަގު އެންމެންގެ ގުޅުން ޖާގަ ހޯދީ މިއަދު ހަވީރު އެ ޓީމް ކުޅުނު މެޗް ކާމިޔާބުކޮށްގެންނެވެ. މިއަދު ހަވީރު ފުވައްމުލަކު ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމެންޓް އެސޯސިއޭޝަން (ފިސްޑާ) އާއި ވާދަކޮށް މިސްކިތްމަގު މެޗް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. 

ވާރޭ ވެހުމުގެ ސަބަބުން ތާވަލްކުރެވިފައިވާ ގަޑިއަށްވުރެ ބައިގަޑިއެެއްހާއިރު ލަހުން ފެށުނު މި މެޗްގެ ސެޓުތައް މިސްކިތްމަގު އެންމެންގެ ގުޅުން ހޯދީ 25-21، 25-09 އަދި 25-14 ނެވެ. 

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ އައިޝަތު މާޖިދާއެވެ. 

މިސްކިތްމަގު އެންމެންގެ ގުޅުންވަނީ މުބާރާތުގައި އެޓީމް މީގެ ކުރިން ކުޅުނު ދެ މެޗްވެސް ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފައެވެ. 

މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ދަނޑިމަގު ޒުވާނުންގެ ޖަމިއްޔާ އަދި ވެށިނަލަ ޖަމިއްޔާއެވެ.

މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި މުބާރާތުގައި ބައިވެރިވެފައި ވަނީ ފުވައްމުލަކު ސްޕޯޓްސް ކުލަބާއި، ފުވައްމުލަކު ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމެންޓް އެސޯސިއޭޝަން (ފިސްޑާ) އާއި، ދަނޑިމަގު ޒުވާނުންގެ ޖަމިއްޔާ އާއި، މިސްކިއްމަގު އެންމެންގެ ގުޅުން އަދި ވެށިނަލަ ޖަމިއްޔާ އެވެ.