ހުލުމާލޭގައި މީހަކު އޭނާގެ މަންމަޔަށް ތޫނުއެއްޗަކުން ޙަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިހަމަލާގައި ޒަޚަމްވެފައިވަނީ 51 އަހަރުގެ އަންހެނެއް ކަމަށާއި، އަންހެން މީހާގެ ހާލު ސީރިއަސްކަމަށެވެ. އަންހެން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހުޅުމާލޭ ފޭސް 1ގެ ފްލެޓެއްގައި، ހިނގި މިމައްސަލަ ރިޕޯޓްކޮށްފައިވަނީ، މިރޭ 18:50 ހާއިރުކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.