ޚަބަރު

ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން ހިންމަފުށީގެ 12 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންވެއްޖެ


  • ރެއިންފެށިގެން ވެހެން ފެށި ވާރޭ ހުއްޓާލީ މިއަދު އިރުއޮއްސުނުފަހުން

  • މިވިއްސާރައިގައި 12 ގެއަކަށް ފެންވަދެފައިވޭ

  • އެގޭތަކުގެ ފަރުނީޗަރު ހަލާކުވެގެންވަނީ ރިޕޯޓުކޮށްފައި

ރެއިން ފެށިގެން ކުރި ވިއްސާރައިގައި ކ.މާފުށީގެ 12 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންވެއްޖެއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހިންމަފުށީ ކައުންސިލްގެ ރައީސް ހަސަން ފައިޒް ވިދާޅުވީ ފެން ވަދެފައިވާ ގޭބިސީތަކުން، ފަރުނީޗަރު ހަލާކުވެފައިވާކަމުގެ ރިޕޯޓުކޮށްފައވާކަމަށެވެ. އެހެންނަމަވެސް އެއްވެސް ގެއަކުން މީހުން ބަދަލުކުރަންޖެހޭވަރުވެފައި ނުވާކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ ވިއްސާރަ ހުއްޓާލާފައިވަނީ އިރުއޮސުނުފަހުންކަމަށެވެ. އަދި މިވިއްސާރައިގައި ފެން ބޮޑުވި ސަރަޙައްދުތަކުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސްގެ އެހީތެރިކަމާއެކު ފެންވެސް މިހާރު ހިންދާލެވިފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދަނީ ދެމޫސުން ބައްދަލުވާ ދުވަސްވަރު ކުރާ ވިއްސާރަކަމަށް މީގެކުރިން ވިދާޅުވެފައެވެ. އަދި ވިއްސާރަ އަލިކުރާނެކަމަށް ލަފާކުރެވެނީ އަންނަ ހަފްތާގެ ތެރޭގައިކަމަށްވެސް މެޓުންވަނީ ވިދާޅުވެފައެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވޭތުވެދިޔަ 24 ގަޑިއިރުވެސް އެކި ސަރަޙައްދުތަކަށްވަނީ އެލަރޓް ނެރެފައެވެ. މެޓު އޮފީހުން ވިދާޅުވީ، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭއިރު ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށްވެސްވަނީ ލަފާކޮށްފައެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރާނެކަމަށްވެސް މެޓުންވަނީ ލަފާކޮށްފައެވެ.
ރާއްޖޭގެ މޫސުން ކުރިއަށްއޮތް ހަފްތާ ބަންދާއި ދިމާކޮށް ގޯސްވާނެކަމަށް ލަފާކުރެވޭއިރު، ދަތުރުކުރެއްވުމުގައި މޫސުމަށް ސަމާލުވުމަށާއި ބޯކޮށް ވިއްސާރަވެހި ގެއަށް ފެން ވަނުމުން ސަލާމަތްވުމަށް ކުރެވެންހުރިކަންކަން ކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ.