 
										
			މާލޭގެ ބޮޑު ބަޔަކުން މިއަދު ކަރަންޓްގެ ޚިދްމަތް މެދުކެނޑިގެން ދިޔައީ މާލެއަށް ކަރަންޓް ދޫކުރުމަށް ބަހައްޓާފައިވާ ފޯމަރަށް ދިމާވި މައްސަލައަކާ ގުޅިގެންކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
 
އެކުންފުނިން ބުނީ މިއަދު މައްސަލަ ދިމާވީ މާފަންނު ސަހަރާ ކަންމަތީގައި ބަހައްޓާފައި ހުރި 10 ނަމްބަރު ފޯމަރަށްކަމަށެވެ. އަދި އެ ފޯމަރަށް ދިމާވި މައްސަލަ ޙައްލުކުރުމަށްފަހު މާލޭ ހުރިހާ ހިސާބަކަށް އާދައިގެ މަތިން މީހާރު ކަރަންޓް ލިބެމުން އަންނާނެކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
 
މާލޭގެ ބޮޑުބަޔަކުން މިއަދު މެންދުރުފަހު ކަރަންޓް ކެނޑުމުގެ ސަބަބުން ބައެއް ސަރަޙައްދުތަކުން އިންޓަރނެޓާއި ބައެއް އެހެނިހެން ޚިދުމަތްތަކަށްވެސް ވަނީ ބުރޫ އަރާފައެވެ.