ޚަބަރު

ހިޔާ ފްލެޓުގައި މީހަކަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި


  • މީހަކަށް ހަމަލާދިނީ ހިޔާ ފްލެޓުގައި

  • ޒަޚަމްކޮށްލި މީހާއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުން

  • ހައްޔަރުކުރީ ދިވެހި ފިރިހެނެއް

ރޭ ހުޅުމާލެ ފޭސް ދޭއްގައި ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމުކޮށްލި މައްސަލައާ ގުޅިގެން މީހަކު ޙައްޔަރުކޮށްފިއެވެ. މިހާދިސާ ހިންގާފައިވަނީ ހުޅުމާލެ ހިޔާ ޓަވަރު އެޗް6ގެ އެޕަރޓްމަންޓެއްގައެވެ. މި މައްސަލައިގައި ޙައްޔަރު ކުރީ 19 އަހަރުގެ ދިވެހި ފިނިހެނެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

މިހަމަލާގައި ޒަޚަމްކޮށްލާފައިވަނީ ދިވެހި ފިރިހެނެކެވެ. ޒަޚަމްވި މީހާއަށް އަދިވެސް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އަދި މައްސަލަ އިތުރަށް ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.

މާލެ ސަރަޙައްދުގައި މިދިޔަ ހަފްތާގައި ހިނގައިދިޔަ، އެކިއެކި މާރާމާރީތަކަކާއި ގުޅިގެން، މަލެ ސަރަޙައްދުގައި ފުލުހުން ވަނީ ޚާއްޞަ އޮޕަރޭޝަންތައް ފަށާފައެވެ.