ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ހޮވިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ހޮވިވަޑައިގެންނެވީ އެކަމަށްޓަކައި މިރޭ މަޖިލީހުގައި ނެގި ވޯޓު ކާމިޔާބުކުރައްވައިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހޮވުމަށް ބޭއްވި ވޯޓްގައި ސަލީމަށް 51 ވޯޓް ލިބިވަޑައިގެންނެވިއެވެ. ސަލީމާއި ވާދަކުރެއްވި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ. މިވޯޓުގައި ބައިވެރިވީ 74 މެމްބަރުންނެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެމަޤާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އިސްތިއުފާ ދެއްވުމުންނެވެ. އޭނާ މަޤާމުން އިސްތިއުފާދެއްވިއިރު، އޭނާ މަޤާމުން ވަކިކުރުމަށް އެމްޑީޕީން އޮތީ މަޖިލީހަށް ޤަރާރެއްވެސް ހުށަހަޅާފައެވެ.