ޚަބަރު

އައްޑޫގައި މާރާމާރީއެއްގައި ޒަޚަމްކޮށްލި ޒުވާނަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ؛ ހާލު ސީރިއަސް


  • މި މާރާމާރީ ހިންގާފައިވަނީ ރޭގެ ވަގުތެއްގައި

  • އަނިޔާލިބުނީ 30 އަހަރުުގެ ފިރިހެނަކަށް

އައްޑޫ ސިޓީ ހިތަދޫގައި ދެ ގްރޫޕެއް ދެމެދުގައި ހިނގި މާރާމާރީއެއްގައި ޒަޚަމްކޮށްލި މީހެއްގެ ހާލު ސީރިއަސްވެސް އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުުހުންގެ ޚިދުމަތުން ވިދާޅުވީ އައްޑޫ ސިޓީގެ ހިތަދޫގައި ދެ ގްރޫޕެއް ދެމެދުގައި މާރާމާރީއެއް ހިންގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރޭ ލިބިފައިވާކަމަށެވެ.

މިމާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. މިމީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

އަދި މިމައްސަލަ ފުލުހުން ދަނީ އިތުރުރަށް ތަޙުޤީގު ކުރަމުންނެވެ.