ޚަބަރު

ޕީސީބީގެ ބޯޑު ހަމަވެއްޖެ؛ ރައީސަކަށް ހަމްދީ އަގީލް، ނައިބަކަށް މުހައްމަދު ފިރާޟް


ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް މެމްބަރުން ހަމަވެއްޖެއެވެ. ޕީސީބީގެ ރައީސަކީ ހަމްދީ އަޤީލްއެވެ.
ނައިބު ރައީސް ހއ އިހަވަންދޫ އާޒާދީ ބަހާރު މުޙައްމަދު ފިރާޟްއެވެ.

މިބޯޑަށް 5 ދާއިރާއަކުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވަނީ މެންބަރުން އައްޔަންކުރައްވާފައެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގައި ހިމެނިވަޑައިގަންނަވާ މެމްބަރުން

* ހަމްދީ އަޤީލް - ރައީސް
* މުޙައްމަދު ފިރާޟް - ނައިބު ރައީސް
* އަޙުމަދު މުސްތަފާ ދަފްތަރު ނަމްބަރު ރސ 4652 - އެކައުންޓިން އެންޑް ފައިނޭސްގެ ދާއިރާ
* ލީނާ އަބްދުލް ޖަލީލް ވ.ބްލޫއޯޝަން - ބޭންކިން ދާއިރާ
* އަލްއުސްތާޛު މޫސާ ފަތުހީ އާދަމް ށ.ކޮމަންޑޫ ރަންކޮކާގެ - ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ
* ހަސަން ޒަރީރު ހުޅުމާލެ ފްލެޓް 06ޖީ 139 - އިކޮނޮމިކްސްގެ ދާއިރާ
* އަލްއުސްތާޛު އަޙުމަދު ނަޝާތު ގ.މައްސާގުގެ - ޤާނޫނީ ދާއިރާ

ރައީސުލްޖުމްހޫރިއްޔާ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް 7 ބޭފުޅަކު ޢައްޔަން ކުރައްވާފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.