ޚަބަރު

އެތްލެޓިކްސް އެސޯސިއޭޝަނުން 4.8 މިލިއަން ރުފިޔާގެ ބަޖެޓެއް


2016 ވަނަ އަހަރަށް އެތްލެޓިކްސް އެސޯސިއޭޝަނުން 4.8 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ. 

މިއަދު އޮތް އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި 4.8 މިލިއަން ރުފިޔާގެ ބަޖެޓް ފާސްކުރިއިރު އަހަރުގެ އެކްޓިވިޓީ ކަލަންޑަރުވެސް މިއަދުވަނީ އިއުލާންކޮށްފައެވެ. 

4.8 މިލިއަން ރުފިޔާގެ ބަޖެޓް ފާސްކުރިއިރު ބަޖެޓްގެ ބޮޑު ބައެއް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ހިންގާ ތަމްރީން ޕްރޮގްރާމްތަކާއި، ރާއްޖޭއިން ބޭރުގައި ހިންގާ ތަމްރީން ޕްރޮގްރާމްތަކަށެވެ. އެއީ ޖުމްލަ 2.2 މިލިއަން ރުފިޔާއެވެ. ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކުރުމަށް އެއް މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ބެލެވޭއިރު، ރާއްޖޭގައި އެކި އެކި މުބާރާތްތައް ކުރިއަށް ގެންދިޔުމަށް 1.2 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެތްލެޓިކްސް އެސޯސިއޭޝަނުންވަނީ ލަފާކޮށްފައިެވެ. 

މިއަދު އޮތް އެތްލެޓިކްސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި ފައިނޭންޝިއަލް ރިޕޯޓްވެސްވަނީ ފާސްކޮށްފައެވެ.