ޚަބަރު

ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ ފެނިއްޖެ


  • ވިސާމާ ފެނިފައި ވަނީ މާލެއިން

  • ހާލު ރަނގަޅު

  • ވިސާމާ ގެއްލިގެން ހޯދަން ފެށީ މިމަހު 19 ގައި

ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ ފެނިއްޖެއެވެ. ގެއްލިގެން ހޯދަމުން ދިޔައީ ސ. ހިތަދޫ ކަދުރުމާގެ، އުމުރުން 39 އަހަރުގެ އާއިޝަތު ވިސާމާއެވެ.

ވިސާމާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

ފުލުހުން ވިދާޅުވީ، އާއިޝަތު ވިސާމާ ނޮވެމްބަރު 16 ވަނަ ދުވަހު މާލެ ގޮސްފައިވާ ކަމަށާއި އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ނޮވެމްބަރު 18 ވަނަ ދުވަހު ފޯނުންކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.

އޭނާ ހޯދުމުގެ މަސައްކަތުގައި އާންމުންގެ އެހީތެރިކަމަށް އެދި ވިސާމާގެ މަޢުލޫމާތު ފުލުހުން އާންމުކުރީ ރޭ 18:03 ގައެވެ. އަދި އޭގެ 4 ވަރަކަށް ގަޑިއިރުފަހުން އޭނާ ފެނިފައިވާކަމަށް ފުލުހުން ރޭ ވަނީ ހާމަކުރައްވާފައެވެ. ގެއްލިގެން ހޯދަމުންދަނިކޮށް އޭނާ ފެނިފައިވަނީ ރޭ 22:30 މާލެއިން ކަމަށާއި އޭނާގެ ޙާލު ރަނގަޅުކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.