ޚަބަރު

ހުކުރު ދުވަހު އަސުރު އަދި މަޣުރިބު ނަމާދަށް އިސްލާމީ މަރުކަޒަށް ވަދެވޭނީ ޗާނދަނީމަގު ފަޅިން


  • އިސްލާމީ މަރުކަޒަށް އަސްރު އަދި މަޣްރިބް ނަމާދަށް ޖުމްހޫރީ މައިދާނު ފަޅިން ނުވަދެވޭނެ

  • އެގަޑިތަކުގައި ވަދެވޭނީ އާރޓްގެލެރީ ހުންނަ ފަޅިން އަދި ދާރުލްއާޡާރު ހުންނަ ފަޅިން އެކަނި

އަންނަ ހުކުރު ދުވަހުގެ އަސުރު ނަމާދާއި މަޣުރިބު ނަމާދަށް އިސްލާމީ މަރުކަޒަށް ވަދެވޭނީ ޗާނދަނީމަގު ފަޅިން ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރެއްވި އިޢުލާންގައިވަނީ އަންނަ ހުކުރު ދުވަހު ހަވީރު އިންތިޚާބީ ރައީސް އުވާކުރެއްވުމަށްޓަކައި ހަވީރު ވަގުތުގައި ޖުމްހޫރީ މައިދާން ހިމެނޭ ސަރައްދުގެ މަގުތައް ބަންދުވާނެ ކަމަށެވެ. އެހެންކަމުން ހުކުރު ދުވަހު އަސުރު ނަމާދާއި މަޣުރިބު ނަމާދު ގަޑީގައި އިސްލާމީ މަރުކަޒުގެ ޖުމްހޫރީ މައިދާނު ފަޅީގެ ދޮރުތައް ބޭނުން ނުކުރެވޭނެކަމަށެވެ.

އެހެންކަމުން މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޘަމަށް ނަމާދަށް ދާ ފަރާތްތަކުން މިސްކިތައް ވަނުމަށް ބޭނުންކުރެވޭނީ ނޭޝަލް އާޓްގެލެރީ ފަޅިއާއި ޤައުމީ ދާރުލް އާސާރު ފަޅިން ޗާންދަނީ މަގު ފަޅިން ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރު 16:45 ގައި ޖުމްހޫރީ މައިދާނުގައެވެ. މިރަސްމިއްޔާތުގައި ގާތްގަނޑަކަށް 4500 މީހުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ.