ޚަބަރު

ރާއްޖޭގެ ރުއްތަކަށް ފެތުރެމުންދާ ބަލި ތަޙްލީލްކޮށްފި


  • 9 އަތޮޅެއްގެ ރަށްތަކުން ވަނީ ސާމްޕަލްތައް ނަގާފައި

  • ރުކަށްޖެހޭ ބަލިތަކާއި ގުޅޭ މަޢުލޫމާތު ދިނުމަށް ޚާއްޞަ ބައްދަލުވުމެއް ކުރިއަށްގެންދިޔަ

  • ކަމާ ގުޅުންހުރި އިދާރާތަކުން ބައިވެރިވި

  • ރުށްތަކުން ނެގި ސާމްޕަލް ނަތީޖާ ހާމަނުކުރޭ

ރާއްޖޭގެ ރުއްތަކަށް މިހާރު ފެތުރެމުންދާ ބަލި ދެނެގަތުމަށްޓަކައި ޔުނައިޓެޑް ނޭޝަންގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަނުން ރުއްތަކުގެ ސާމްޕަލްތައް ނަގައި ތަޙްލީލްކޮށްފިއެވެ.

ރާއްޖޭގެ ރުއްތަކަށް މިހާރު ފެތުރެމުންދާ ބައްޔަކާ ގުޅިގެން އެބަލި ދެނެގަތުމަށާއި ރުއްތަކުގެ އުފެއްދުންތެރިކަމަށް އާރޯކަމާއި ކާށީގެ ސިނާއަތަށް އިތުރަށް ދިރުން ގެނެސްދިނުަށްޓަކައި ރުއްތަކުގެ ހާލަތު ދެނެގަތުމަށް ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަނުން ވަނީ 9 އޮތަޅަކަށް ޒިޔާރަތްކޮށް ސާމްޕަލްތައް ނަގާ ތަޙްލީލްކޮށްފައެވެ. ނަމަވެސް ތަހުލީލްތަކުގެ ނަތީޖާއެއް ހާމަކޮށްފައެއް ނުވެއެވެ. އެ ޓީމުން ވަނީ އޯގަސްޓްމަހުގެ 18 އިން ފެށިގެން މިދިޔަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް 9 އަތޮޅަކަށް ގޮސްފައެވެ. އެއީ ހއ، ހދ، ށ، ކ، އއ، އދ، ލ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށެވެ.

އެގްރިކަލްޗްރަލް މިނިސްޓްރީން ވިދާޅުވީ ރުއްތަކުގެ ހާލަތު ދިރާސާކޮށް އުފެއްދުންތެރިކަމުގެ މިންވަރު ދެނެގަނެ ރާއްޖޭގެ ރުކުގެ ސިނާއަތަށް އާރޯކަށް ގެނައުމަށް ކުރެވެންހުރި ކަންކަންވެސް ދެނެގަނެވިފައިވާކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްޞީލެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

އެގްރިކަލްޗްރަލް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ ރުއްތަކަށް މިހާރު ފެތުރެމުންދާ ބައްޔަކާ ގުޅިގެން އެބަލި ދެނެގަތުމަށާއި ރާޢްޖޭގެ ރުއްތަކުގެ އުފެއްދުންތެރިކަމާއި އާރޯކަމާއި ކާށީގެ ސިނާއަތަށް އިތުރަށް ދިރުން ގެނެސްދިނުމަށްޓަކައި ރުއްތަކުގެ ހާލަތު ދެނެގަތުމަށް ކަމާ ގުޅުންހުރި އިދާރަތަކާއިއެކު ބައްދަލުވުމެއްވެސް ބާއްވާފައިވާކަމަށެވެ.


މި ބައްދަލުވުމުގައި ރާއްޖޭގެ ރުއްތަކަށް މިހާރު ފެތުރެމުންދާ ބައްޔާއި އެބަލި ކޮންޓްރޯލް ކުރުމަށް އަޅާނެ ފިޔަވަޅުތަކާއި ރާއްޖޭގައި މިހާރު ހުރި ރުއްތަކުގެ އުފެއްދުންތެރިކަމުގެ ހާލަތާއި ރުއް އިންދާ އާލާކުރާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދީފައިވާކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރުކުގެ ސިނާޢަތަށް އާރޯކަން ގެނައުމަށް ކުރެވެންހުރި ކަންކަމާއި ކާށީގެ ވެލިއުއެޑެޑް އުފެއްދުންތަކާބެހޭ ގޮތުން އެފް.އޭ.އޯގެ ކަމާގުޅޭ ފަންނީ މާހިރުން ވަނީ މަޢުލޫމާތު ފޯރުކޯށްދީފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މި ބައްދަލުވުމުގައި ކަމާގުޅުން ހުރި އެކި މުއައްސަސާއި 54 މީހަކު ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގައި ރުކުގެ އައު ޖީލެއް އުފެއްދުމަށްޓަކައި ފެންވަރު ރަނގަޅު ރުކުގެ މުޑުވައް އާލާކުރުމުގެ ޕްރޮގްރާމެއް މި ސަރުކާރުން ވަނީ ފައްޓަވާފައެވެ. އެގޮތުން 3000އަށްވުރެ ގިނަ ރުއްވަނީ އިންދާފައެވެ. ސަރުކާރުން ރުކުގެ އައު ޖީލެއް އުފެއްދުމުގެ މަސައްކަތް ފެށްޓެވީ ރާއްޖޭގައި ހުރި ރުއްތަކަށް ބަލި ޖެހެން ފެށުމުންނެވެ. އަދި ދިވެހި ކާށީ ރާޢްޖެއިން ހުސްވެދާނެ ކަމުގެ ބިރުއޮތުމުން އެކަމަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.