ޚަބަރު

ކުޅުދުއްފުށިން މީހަކު ގެއްލިގެން ހޯދަނީ


  • ގެއްލިގެން ހޯދަނީ 39 އަހަރުގެ ދިވެހި ފިރިހެނެއް

  • އެންމެ ފަހުން ފެނިފައިވަނީ ކުޅުދުއްފުށިން

ކުޅުދުއްފުށި ސިޓީން ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަމުން ދަނީ ކުޅުދުއްފުށީ ސިޓީ، ލަންދޫގެ އުމުރުން 39 އަހަރުގެ ޢަބްދުﷲ އިބްރާހީމްއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެމީހާ ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ ހުކުރު ދުވަހުކަމަށެވެ. އަދި އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.

އަބްދުﷲ އިބްރާހީމް އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ ދެވަނަ ދުވަހު ހެނދުނު ކުޅުދުއްފުށިން ކަމަށް މަޢުލޫމާތު ލިބެއެވެ. އަބްދުﷲ އިބްރާހީމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކޮށް އެމައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުންގެ ޚިދުމަތުން ވަނީ އެދިވަޑައިގެންފައެވެ.