ޚަބަރު

ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާރޕޯޓުން މަރުޚަބާ ދެންނެވީ ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުންނެވެ. ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ވަޑައިގަތީ މިމަހުގެ 21 ވަަނަ ދުވަހުއެވެ.