ޚަބަރު

10 މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެދިނުމަށް އަންގަވައިފި


މުޖްތަމަޢަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ފެންނަ ގޭންގުތަކަށް ނިސްބަތްވާ 10 މީހެއްގެ މައްޗަށް މޮނިޓަރކޮށް، ކޮންޓްރޯލްކުރުން ނުވަތަ "މޮނިކޮން" އަމުރު ނެރެދިނުމަށް ހޯމްމިނިސްޓަރ އުމަރުނަސީރު ފުލުހުންނަށް އަންގަވައިފިއެވެ.

މޮނިކޮންގެ އަމުރު މިހާތަނަށްވަނީ 6 މީހެއްގެ މައްޗަށް ނެރުއްވާފައެވެ. އިތުރު ފަސް މީހެއްގެ މައްޗަށް އަމުރު ނެރުމަށް ހައިކޯޓަށް ހުށައެޅުމުގެ މަސައްކަތް ކުރައްވަމުންގެންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ވިދާޅުވެއެވެ.

ހޯމް މިނިސްޓަރ އުމަރު ނަސީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މި 10 މީހުންގެ މައްޗަށް މޮނިކޮން ގާނޫނުގައި ބުނާ އަދަބުތަށް ތަންފީޒުކުރެވިގެންދާނެކަމަށެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައިވާގޮތުން، އެ ޤާނޫނުގައި ކަނޑައަޅާފައިވާ ކުށް ކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން، އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖްތަމަޢަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ހޯމް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅޭނެކަމަށެވެ.