ޚަބަރު

5.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި


  • މަސްތުވާތަކެތި ފެނުނީ ޕާކިސްތާނުން ރާއްޖެއައި އެ ޤައުމުގެ ރައްޔިތެއްގެ ދަބަހުން

  • މި ދަބަހުން، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ފެނިފައިވޭ

  • އޭނާ މިހާރު ވަނީ މަސްތުވާތަކެއްޗާއިއެކު، ފުލުހުންގެ ޚިދުމަތާއި ހަވާލުކުރެވިފައި

ވައިގެ މަގުން ޕާކިސްތާނުން ރާއްޖެއައި އެ ޤައުމުގެ ރައްޔިތެއްގެ ލަގެޖުން ޖުމްލަ 4.720 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލާގެންފިއެވެ.

މި ތަކެތީގެ މަގުމަތީ އަގު 5.8 މިލިއަން ރުފިޔާއަށް އަރައެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވީ، މިތަކެތި އަތުލާގެންފައިވަނީ މިމަހުގެ 7 ވަނަ ދުވަހު ރާއްޖެއައި 20 އަހަރުގެ އަންހެން ޕަސެންޖަރެއްގެ ލަގެޖުންކަމަށެވެ.

އެގޮތުން، އޭނާގެ ލަގެޖުގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވިގެން ބެލި ބެލުމުން، އެ ދަބަހުގައި މަސްތުވާތިކަމަށް ތުހުމަތު ކުރެވޭ ޕެކެއް ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަހުލީލު ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިން ފެނިފައިވާކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.

މި މައްސަލާގައި އަތުލާގެންފައިވާ މަސްތުވާތަކެއްޗާއި، އެ ތަކެތި އެތެރެކުރުމަށް މަސައްކަތްކުރި ޕަސެންޖަރު، ކަސްޓަމްސްއިން ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ.