ޚަބަރު

މެންބަރު ޝަރީފަށް ހަމަލާދީ ޒަޚަމްކޮށްލައިފި


  • ޝަރީފަށް ހަމަލާދިން މައްސަލައެއް ބަލަނީ

  • ހަމަލާދިނީ މެންހަޓަން ބިޒްނަލް ހޮޓެލްގައި ހުއްޓައި

  • ފުލުހުންދަނީ ކްރައިމް ސީންގައި ހަރަކާތްތެރިވަމުން

މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފަށް ހަމަލާދިން މައްސަލައެއް ފުލުހުން ބަލަމުންދާކަމަށް، ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މެންބަރު ޝަރީފަށް ހަމަލާ ދީފައިވާ މައްސަލައެއް، ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ. އަދި މިކަން ހިގާފައިވަނީ ޝަރީފް، މަންހޭޓަން ބިޒްނަލް ހޮޓެލްގައި ހުއްޓާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި ފުލުހުން ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށްވެސް، ފުލުހުން ވިދާޅުވެއެވެ.


ޝަރީފަށް ހަމަލާދީފައިވާ ފޮޓޯއެއް އޭނާގެ ދަރިކަނބަލުންވެސް ވަނީ ޢާންމުކުރައްވާފައެވެ. އެގޮތުން ލޯ ކައިރި ވަރަށް ބޮޑަށް ދުޅަވެ ރަތްވެފައިވެއެވެ. އަދި ލޯކައިރި ވަނީ ކުޑަކޮށް ޒަޚަމްވެފައެވެ.

އައްޑޫ ފޭދޫ ދާއިރާގެ މެންބަރަށްވެސް ބަޔަކު ހަމަލާދީން މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ. ނިހާދަށް ހަމަލާދީފައިވަނީ ފޭދޫގައި ހުންނަވަނިކޮށެވެ.