ޚަބަރު

އެގްރޯނެޓްގެ ކުރީގެ އެމްޑީ ހާރޫން ރަޝީދާއި، ގުބާދު އަބޫބަކުރު ޕީޕީއެމްއާ ގުޅިވަޑައިގެންފި


އެގްރޯ ނެޓްގެ ކުރީގެ އެމްޑީ ހާރޫން ޕީޕީއެމްޕީއެންސީ އާ ގުޅިވަޑައިގެން ފޯމު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުއިއްޒު އާ އެޕާޓީގެ ރައީސް އަބްދުރަޙީމް އަބްދުﷲ އާ ހަވާލުކުރައްވަނީ ފޮޓޯ ޕީޕީއެމް

އެގްރޯނެޓްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ. ގއ. ވިލިނގިލީގައި ބޭއްވި ޕީޕީއެމްޕީއެންސީގެ ކެމްޕޭން ޖަލްސާގައި ހާރޫން ވަނީ އޭނާގެ މެމްބަޝިޕް ފޯމު ހަވާލުކުރައްވާފައެވެ.

ހާރޫނާ އެކު، ވިލިނގިލީގެ އެމްޑީޕީ މެންބަރުންގެ ގޮތުގައި ތިބި ގިނަބަޔަކުވަނީ ޕީޕިއެމާ ގުޅިފައެވެ. އޭގެ ތެރޭގައި ޖެންޑާ މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިމް މަގާމުގައި ހުންނެވި ޝަރީފް އަހުމަދާއި މި ސަރުކާރުގެ ސީނިއާ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ރިފާއަތު ރަޝީދު ހިމެނެއެވެ.

ގުބާދު ޕީޕީއެމް ޕީއެންސީ އާ ގުޅިވަޑައިގެން ފޯމު ޑރ މުއިއްޒު އާ ހަވާލުކުރައްވަނީ ފޮޓޯ ޕީޕީއެމް

މީގެ އިތުރުން ކުރީގެ ސަރުކާރުތަކުގައި މަތީ މަޤާމްތަކެއް ފުރުއްވާ އަދި އެމްޑީޕީގެ އިސްސަފުގައި މަސައްކަތް ކުރައްވަމުންގެންދެވި މުޙައްމަދު ޤުބާދު އަބޫބަކުރުވެސްވަނީ ޕީޕީއެމް ކޯލިޝަނާ ގުޅިވަޑައިގެންފައެވެ. ގުބާދުގެ މެމްބަރޝިޕް ފޯމް ހަވާލުކުރެއްވީ ތިނަދޫގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުއިއްޒު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

ގުބާދުގެ އިތުރުން ތިނަދޫގައި އެމްޑީޕީއާ ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވި ގިނަ މެންބަރުންވަނީ އެޕާޓީތަކުން ވަކިވެ ޕީޕީއެމް ޕީއެންސީ ކޯލިޝަނާ ގުޅިފައެވެ.

މި ފޯމްތަކާ ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން ހަވާލުވެވަޑައިގަތީ ޑރ މުޙައްމަދު މުއިއްޒު އާއި އަބްދުރަޙީމް އަބްދުﷲއެވެ.