ޚަބަރު

ސިވިލް ކޯޓު ހިންގުން ގާޟީ ފަރުހާދުއާ ހަވާލުކޮށްފި


  • ފަރުހާދާއި ސިވިލްކޯޓުގެ ހިންގުން ހަވާލުކުރީ އިސް ޤާޟީ ނިމާލް ކުއްލި ގޮތަކަށް އަވަހާރަ ވުމާއި ގުޅިގެން

  • ފަރުހާދާއި ސިވިލްކޯޓުގެ ހިންގުން ހަވާލުކުރީ އިސް ގާޟީއެއް ހަމަޖައްސަން ދެން

ސިވިލް ކޯޓު ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ޤާޟީ އަލްއުސްތާޛު ފަރުހާދު ރަޝީދާއި ހަވާލުކުރައްވައިފިއެވެ.

ސިވިލް ކޯޓު ހިންގުން ފަރުހާދުއާ ހަވާލުކުރައްވާފައި މިވަނީ އެ ކޯޓުގެ އިސް ގާޟީގެ މަގާމުގައި ހުންނެވި ގއ. މާމެންދޫ, ފެހިގެ، އަހްމަދު ނިމާލް (36 އ) އަންގާރަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެންނެވެ.

ނިމާލް އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް އެނގިފައިވެއެވެ. ނިމާލް އަވަހާރަވިއިރު، އަންބަކާއި ކުޑަ ދަރިފުޅަކު ހުރެއެވެ.