ޚަބަރު

ހިޔާ ފްލެޓްތަކަށް ވަނުމަށް ކުރި ހޭދަ އަނބުރާ ދޭނަން: މުޢިއްޒު


  • ފްލެތްތައް ހަދަން ހޭދަކުރި ފައިސާއަށް ވާ އެވްރެޖްއަގެއް ދެއްވާނެކަމަށް

  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަ ފްލެޓްތަކެއް އަޅުއްވާނެކަމަށް

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކަށް މީހުން ވަނުމަށް ކުރި ޚަރަދު ދޭނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފޭސް އެކެއްގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ.މުޢިއްޒު ވިދާޅުވީ، ހިޔާ ފްލެޓްތައް ނިންމުމަށް ކުރީ ސަރުކާރުން ލޯނު ހަމަޖައްސަވާފައި އޮތްނަމަވެސް އެކަން ނުކޮށް ރައްޔިތުންނަށް ހަވާލުކުރުމުން، އެތައް ގޮންޖެހުމަކާ ރައްޔިތުންނަށް ކުރިމަތިވިކަމަށެވެ.

އެގޮތައް ފްލެޓްތައް ދިނުމުން ރައްޔިތުންނަށް ދިމާވި އެކިއެކި ދަތިތަކާހުރެ ކުލި ނުދެއްކި އަރާފައި ހުރި ޖޫރިމަނާތައް މަޢާފްކޮށް، ފްލެޓްތައް ހެދުމަށް ހޭދަވި ޚަރަދުތައް ބަލައި، އެވްރެޖް އަގެއްދެއްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.

"ދިރިއުޅުމަށް އެތައްހޭދައެއް ކުރަމުން އައީ އެކަން ނިމުމަކަށް ގެނައުމަށް ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތްއެއީ އެ ފްލެޓްތައް ނުނިންމާ ހަވާލުކުރުމުން އެތައް ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިކަން އެނގޭ، އެހެންވީމަ އެކަމަށް މައާފްކޮށްދޭނެކަމުގެ ޔަޤީންކަން އަރުވަން އަދި ފްލެޓްތައް ހަދަން ހޭދަކުރި ހަރަދަށްވާ އެވްރެޖް އަގެއް ކަނޑައަޅައިދޭންނަން" ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

ބޯހިޔާވަހކަމަކީ އެންމެ މުހިންމު އެއް ސިޔާސަތުތަކަން ފާހަގަކުރައްވަމުން ޑރ މުއިއްޒު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޑިޒައިންކޮށް ޚާއްޞަ ފްލެޓްތަކެއް އަޅުއްވައިދެއްވާނެކަމަށެވެ.