ޚަބަރު

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓްގައި ޒަޚަމްވި ޒުވާނާ މަރުވެއްޖެ


  • މަރުވެފައިވަނީ ޢުމުރުން 30 އަހަރުގެ ޒުވާނެއް

  • އެކްސިޑެންޓްވީ ސައިކަލް ބަމްޕަރަކަށް އަރައި ކަހާލައިގެން

ފުވައްމުލަކު ސިޓީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިއަދު މަރުވެއްޖެއެވެ.

އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު މަރުވެފައިވަނީ ފުވައްމުލަކު ދެބުދާރުގެ އުމުރުން 30 އަހަރުގެ އިސްމާޢީލް ޙަސަންއެވެ.

ފުލުހުން ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ ހޮނިހިރު ދުވަހުގެ ރޭ 22:55 ހާއިރު ފުވައްމުލަކު ނައިބުތުއްތު މަގުން އޭނާ ދުއްވި ސައިކަލް ބަމްޕަރަކަށް އަރައި ކަހާލައިގެންކަމަށެވެ. އަދި އޭނާއަށް ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައީ އާދިއްތަ ދުވަހުކަމަށް ފުލުހުން ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ލ. ގަމުގައި ކަރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ވެސް ވަނީ މަރުވެފައެވެ.