ޚަބަރު

މާލޭގައި ހިނގި މާރާމާރީއަކާއި ގުޅިގެން ސިފައިން ހަރަކާތްތެރިވަނީ


މާލޭގައި ދެ ބައެއްގެ ދެމެދުގައި މިރޭ ހިންގި މާރާމާރީއަކާ ގުޅިގެން ފުލުހުނާއި އެކު ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. 

މިރޭ މާލޭގައި ހިނގި މާރާމާރީއާއި ގުޅިގެން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އަދުނާނު މުޙައްމަދު ވިދާޅުވީ މާލެތެރޭ ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ސިފައިންގެ އެހީތެރިކަމަށް އެދުމުން ސިފައިން ނިކުމެ ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

ފުލުހުން ވިދާޅުވީ މިރޭ ހިނގި މި މާރާމާރީގައި ބައެއް މީހުންނަށް ކުދިކުދި އަނިޔާވެފައިވާ ކަމަށާއި ބައެއް ތަންތަނަށްވެސް ގެއްލުން ލިބިފައިވާކަމަށެވެ. މި މައްސަލައިގައި 13 މީހަކުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.