ކުޅިވަރު

އައިއޯއައިޖީ 2023: ރާއްޖޭގެ ނަބާ އާއި ނަބީއަށް ރަން މެޑަލް


މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ބެޑްމިންޓަން އަންހެން ޑަބަލްސްއިން ރާއްޖޭގެ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ ރަން މެޑަލް ހޯދައިފިއެވެ.

މިއަދު ކުޅުނު ފައިނަލްގައި ނަބީ އާއި ނަބާ ވާދަކޮށްފައިވަނީ މޮރިޝަސްގެ ލޯނާ ބޯޑާ އަދި ކޮބިޓާ ދޫހީގެ ޕެއާއާއެވެ. ފައިނަލް މެޗު ނަބީ އަދި ނަބާ ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ނަބީ އާއި ނަބާ ކާމިޔާބުކުރީ 25-14 އަދި 25-15 އިންނެވެ.

މީގެ އިތުރުން އަންހެން ސިންގަލްސްގެ ފައިނަލުގައި ނަބާ ވަނީ ވާދަކޮށްފައެވެ. ފައިނަލްގައި ނަބާ މޮރިޝަސްގެ ކޭޓް ލުޑިކާއާ ވާދަކުރިއިރު، އެ މެޗުން ބަލިވީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-13 އަދި 21-19 އިންނެވެ. ފައިނަލުން ބަލިވުމާއެކު، އަންހެން ސިންގަލްސްއިން ނަބާއަށް ވަނީ ރިހި މެޑަލް ލިބިފައެވެ.

މިއަހަރުގެ ގޭމްސްގައި ބެޑްމިންޓައިން ރާއްޖޭގެ ކުޅުންތެރިން ވަނީ ހަތް މެޑަލް ހޯދާފައެވެ. އަދި އައިއޯއައިޖީގައި ރާއްޖެއިން ވަނީ މިހާތަނަށް ޖުމްލަ 27 މެޑަލް ހޯދާފައެވެ.