ކުޅިވަރު

އައިއޯއައިޖީ 2023: ރާއްޖޭގެ ނަބާ އާއި ނަބީ ފައިނަލަށް


މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ބެޑްމިންޓަން އަންހެން ސިންގަލްސްގެ ފައިނަލުން ރާއްޖޭގެ ފާތިމަތު ނަބާހާ ޖާގަ ހޯދިއިރު، އަންހެން ޑަބަލްސް ބައިގެ ފައިނަލުން ނަބާ އާއި އައިމިނަތު ނަބީހާގެ ޕެއާ ޖާގަ ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު ސިންގަލްސް ސެމީ ފައިނަލް މެޗުން ނަބާ މޮޅުވީ މޮރިޝަސްގެ ލޯނާ އަތުން ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ނަބާ ގެންދިޔައީ 21-8 އަދި 21-11 އިންނެވެ. އަދި ޑަބަލްސްގެ ބައިގެ ފައިނަލުން ނަބާ އާއި ނަބީގެ ޕެއާ ޖާގަ ހޯދީ މޮރިޝަސްގެ ޖޫލިއެން އަދި ކޭޓްގެ ޕެއާއާ ވާދަކޮށް ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-11 އަދި 21-16 އިންނެވެ.

މި މޮޅާއެކު ނަބާ އާއި ނަބީ ފައިނަލަށް ދަތުކުރިއިރު، ސެމީގެ މެޗުތަކުން ބަލިވި ކުޅުންތެރިންނަށް ވަނީ ލޯ މެޑަލް ލިބިފައެވެ. އެގޮތުން ލޯ މެޑަލް ލިބެނީ ސިންގަލްސް ބައިން ނަބީ އާއި ނިބާލުގެ އިތުރުން މިކްސް ޑަބަލްސް ބައިން ޒަޔާން އާއި ނަބާގެ ޕެއާއަށެވެ.