ކުޅިވަރު

ކުރިއަށް އޮތް ދައުރުގައި ގިނަ މަސައްކަތްތަކެއް ކުރެވޭނެ- އިއްލަ


މިދިޔަ ދައުރުގައި ނުކުރެވި ހުރި މަސައްކަތްތަށް ކުރިއަށް މިއޮތް ދައުރުގައި ކުރެވޭނެކަމަށް ވޮލީ ބޯލް އެސޯސިއެޝަންގެ ނައިބް ރައީސްކަމަށް މިއަދު އިންތިޙާބްވި އިލްޔާސް އަހުމަދު ވިދާޅުވެއްޖެއެވެ. 

އިންތިޙާބްވުމަށްފަހު އިލްޔާސް ޕީއެސްއެމްއާ ވާހާކަދައްކަމުން ވިދާޅުވީ ނިމިގެންދިޔަ ދެ އަހަރަކީވެސް ވޮލީއަށް ވަރަށް ކާމިޔާބު ދެ އަހަރުކަމަށެވެ. އަދި ނިމިގެންދިޔަ ދެ އަހަރު ކުރެވުނު މަސައްކަތާ އަޅާ ބަލާއިރު، ވޮލީ އާއިލާއިން އެކަމާ ހިންހަމަޖެހޭކަމަށް މިހާރު ގަބޫލް ކުރެވިފައިވާކަމަށް އިލްޔާސް ވިދާޅުވިއެވެ.

"މިދިޔަ ދެ ދައުރުގައިވެސް ކުރެވުނު މަސައްކަތްތަށް ވަރަށް ކާމިޔާބު. ކުރިއަށް ވަރަށް ބައިވަރު މަސައްކަތް ކުރަން އެބަހުރި. އިތުރު ދައުރަކަށް ހޮވުމުން، ނުކޮށް ހުރި ބައެއް މަސައްކަތްތަށް މިދައުރުގައިވެސް ކުރެވިގެންދާނެ" އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ އިތުރު ދައުރަކަށް ހޮވުމުން، އެކަމާ ވަރަށް ހިންހަމަޖެހޭކަމަށާއި، ކުރިއަށް ވުރެއް ބާރަށް މަސައްކަތް ގެންދިއުމަށް އިތުރު ހިއްވަރެއް މިއަދު ލިބިގެންދިޔަކަމަށެވެ.