ޚަބަރު

އެމްއެންޔޫއަށް 50 އަހަރު ފުރުން: ފުރަތަމަ ހަރަކާތެއްގެ ގޮތުން ހިނގާލުމެއް


  • މި ހިނގާލުމުގައި އެމްއެންޔޫގެ މުސްކުޅި އަދި މިހާރުގެ ދަރިވަރުންނާއި ލެކްޗަރާއިން ބައިވެރިވި

  • މާދަމާ މާފަންނު ސްޓޭޑިއަމްގައި ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައި

  • އެމްއެންޔޫއަކީ ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ފާހަގަކޮށްލެވޭ މަތީ ތަޢުލީމުގެ މުއައްސަސާ

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރުމުގެ ހަރަކާތްތައް ފަށައިފިއެވެ.

ފުރަތަމަ ހަރަކާތެއްގެ ގޮތުން ސަލްމާން މިސްކިތުގައި ފަތިސް ނަމާދުކުރުމަށްފަހު އެމްއެންޔޫގެ މުސްކުޅި ދަރިވަރުންނާއި، މިހާރުގެ ދަރިވަރުންނާއި، ލެކްޗަރާއިން ބައިވެރިވި ހިނގާލުމެއް ވަނީ ބާއްވާފައެވެ. މި ހިނގާލުން ފެށީ ސަލްމާން މިސްކިތުގެ އުތުރަށް އޮންނަ މެރިންޑްރައިވުންނެވެ. އަދޮ ހިނގާލުން ނިންމާލީ އެމްއެންޔޫގެ އިދާރީ މަރުކަޒަށެވެ. މި ހިނގާލުމަށް ފަހު އެމްއެންޔޫގައި ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

އެމް.އެން.ޔޫގެ 50 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މާދަމާ މާފަންނު ސްޓޭޑިއަމްގައި ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބޮޑުބެރުގެ ހަރަކާތްތަކާއި ކުޅިވަރުތައް މި ހަރަކާތުގެ ތެރެއިން ކުރިއަށް ދާނެއެވެ. މާދަމާގެ ހަރަކާތްތައް ފެށަން ހަމަޖެހިފައި ވަނީ ހެނދުނު 06:45 ގައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ފާހަގަކޮށްލެވޭ މަތީ ތަޢުލީމުގެ މުއައްސަސާއެވެ.