ޚަބަރު

ދިއްދޫގައި ޢިމާރާތްކުރާ އިސްލާމިކް ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށައިފި


  • އިސްލާމިކް ސެންޓަރަކީ 1500 މީހުންގެ ޖާގައިގެ ބިނާއެއް

  • 2 ފަންގިފިލާގެ މި ޢިމާރާތުގައި 450 މީހުންގެ ޖާގައިގެ ބިނާއެއް

  • މި މަޝްރޫޢުގެ އަގަކީ 50,895,299.07 ރުފިޔާ

ހއ. ދިއްދޫގައި ޢިމާރާތްކުރާ އިސްލާމިކް ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ހއ. ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ ޢަމަލީ މަަސައްކަތް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަހީދު، ދިއްދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު އަދި ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ.

ދިއްދޫގައި ޢިމާރާތްކުރާ އިސްލާމިކް ސެންޓަރަކީ 1500 މީހުންގެ ޖާގައިގެ ބިނާއެކެވެ. 2 ފަންގިފިލާގެ މި ޢިމާރާތުގައި 450 މީހުންގެ ޖާގައިގެ މަލްޓިޕަރޕަސް ހޯލަކާއި، ކޮންމެ ކްލާސްރޫމެއްގައި 30 ކުދިންނަށް ތިބެވޭނެ ޖާގައިގެ 4 ކްލާސްރޫމާއިި، 2 ސެމިނަރ ރޫމް އަދި އިސްލާމިކް ލައިބްރަރީއަކާއި އޮފީސްބައެއް ހިމެނޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

"ދިއްދޫ އިސްލާމިކް ސެންޓަރު" ޢިމާރާތްކުރުމަށް ޙަވާލުކޮށްފައި ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާއި މި މަސައްކަތް ޙަވާލުކޮށްފައިވަނީ މިއަހަރުގެ މެއިމަހުގެ ތެރޭގައެވެ.

ދިއްދޫ އިސްލާމިކް ސެންޓަރު ޢިމާރާތްކުރުމުގެ މަޝްރޫޢަށް 50.8 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މަސައްކަތް ރަޝީދު ކާޕެންޓްރީއާއި ޙަވާލުކޮށްފައިވަނީ 540 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.