ޚަބަރު

ނައިފަރުގެ ތަރައްޤީއަށް ގާސިމްގެ ގިނަ ވައުދުތަކެއް


  • މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދޭނަން

  • ޓާޝަރީ ހޮސްޕިޓަލެއް އަޅައިދޭނަން

  • ބިންހިއްކައި ފްލެޓް އަޅައިދޭނަން

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާޙިމަށް ވެރިކަން ލިބިވަޑައިގެންފިނަމަ ޅ.ނައިފަރުގެ ތަރައްޤީއަށް ގިނަ މަޝްރޫއުތައް ހިންގަވައިދެއްވާނެ ކަމަށް ކަމަށް ޤާސިމް ވައުދުވެވަޑައިގެންފިއެވެ.

ނައިފަރުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތައް ހިންފަވާދެއްވާނެ ކަމަށް ޤާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި މިހާރު އެއަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ އާބާދީގެ ގޮތުން ބޮޑު ނައިފަރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވައި އެރަށުގެ ބިންހިއްކެން އޮތް އެންމެ ބޮޑަށް ހިއްކަވައިދެއްވާނެ ކަމަށެވެ. އަދި އެބިމުން ނަފާވެރި މަސައްކަތް ކުރުމަށާއި ދިރިއުޅުމަށް ގޯތި ދޫކުރައްވާނެކަމަށެވެ. މީގެ އިތުރުން އެރަށުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އަޅުއްވައިދެއްވާނެ ކަމަށާއި، ވަޒީފާގެ ފުރުސަތު ރަށުގެ ޒުވާނުންނަށް ތަންވަސްކޮށްދެއްވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ

އަދި އެއަތޮޅުގައި އޮންނަ މަސް ބަންދުކުރާ ފެލިވަރު ތަރައްޤީކޮށް އަތޮޅުގެ ރައްޔިތުންނަށް ނަފާލިބޭ ތަނަކަށް ހައްދަވައިދެއްވާ މަސްވެރިންނަށް ދިމާވާ އެކިކަހަލަ ދަތިކަންކަން ހައްލުކޮށްދެއްވާނެ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ގާސިމް ވަނީ ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯގައި ހުރި ކަންކަމަށް އަލިއަޅުއްވާލައްވާ މެނިފެސްޓޯގައި ހުރިކަންކަން ފުރިހަމަކުރައްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.