ލ.އަތޮޅުގައި މިއަހަރު ނިމުމުގެ ކުރިން އާރުޓީއެލްގެ ޚިދުމަތް ފަށާ އެއަތޮޅުގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރައްވާނެކަމަށް އެމްޑީޕީގެ ރިޔާސޯ ކެންޑިޑޭޓް އަދި ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ލ.އަތޮޅަށް މިހާރު ކުރައްވަމުންގެންދާ ދަތުރުފުޅުގައި ލ. މާބައިދޫގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ލޯކަލް ޓުއަރިޒަމް ވިޔަފާރި ފަށާ ފުޅާކުރުމަށް އެންމެ ބޭނުންވަނީ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއްކަމަށެވެ. އެގޮތުން އާރުޓީއެލް ސްޕީޑް ފެރީގެ ޚިދުމަތް މިއަހަރު ނިމުމުގެ ކުރިން ހައްދުންމަތީގައި ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ގިނަ ވައުދުތަކެއް އެރަށަށް ވެވަޑައިގެންފައެވެ. އެގޮތުން މާބައިދޫގެ ބޮޑެތި މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، އެރަށު ސިއްޙީމަރުކަޒުގެ ޚިދުމަތް ފުޅާކޮށް ސައުވީސް ގަޑިއިރަށް ބަދަލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭގޮތުގައި ލ.އަތޮޅުގައި އެބަހުރި ވަރަށް ރީތި ގުދުރަތީ މަންޒިލްތައް އެތަންތަނުގެ ބޭނުން އަދި އެއްވެސް ގޮތަކަށް ނުކުރެވިފައި އޮތް ރިތި އަތޮޅެއްމީ ޓޫރިޒަމަށް އިންވެސްޓްކޮށް މިސަަރަހައްދު ތަރައްޤީކުރާނީ އާރުޓީއެލްގެ ޚިދުމަތާއެކު" ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރު ޕްލޭންކޮށް ކޮންސެޕްޓް ހަދާފައިވާ އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެގެ މަސައްކަތާއެކު މޫދަށް އެރޭނެ ސަރަހައްދެއް ތަަރައްގީ ކުރުމާ ޒުވާނުންނަށް ޚާއްސަކޮށް ޖިމަކާއި، ޔޫތް ސެންޓަރެއް އެރަށުގައި ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްޙޫރިއްޔާ ލ.އަތޮޅަށް ކުރައްވަމުންގެންދަވާ މިދަތުރުފުޅުގައި އެއަތޮޅުގެ ރަށްތަކުގައި ސަރުކާރުން ޤާއިމްކޮށްދެއްވާފައިވާ ބައެއްމަސްރޫއުތަކުގެ ނިންމުން ވަނީ ފާހަގަކޮށްފައެވެ.