އިނގިރޭސި ޕްރިމިއަރ ލީގުގައި ޓޮޓްނަމް ހޮޓްސްޕާ މޮޅުވެ ލީގުގެ ކުރިއަށް ޖެހިލައިފިއެވެ.
ރަށުންބޭރުގައި ކުޅެ ސަޕާސް މޮޅުވީ ބޯންމަތު އަތުން 2-0 ލަނޑުންނެވެ. މެޗުގައި ތަރިއަކަށް ވީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި އިނގިރޭސި މިޑްފީލްޑަރ ޖޭމްސް މެޑިސަންއެވެ.
މެޗުގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފަ ވަނީ ސްޕާސްއެވެ. މެޗުގެ ފުރަތަމަ ލަނޑު ސްޕާސްގެ މެޑިސަން ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 17 ވަނަ މިނިޓުގައި ޕާޕޭ ސާރް ދިން ބޯޅައަކުންނެވެ. މިއީ މި ސީޒަނަށް ސްޕާސްއާ ގުޅުނު ކުޅުންތެރިޔާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
ދެން މެޗުގެ ފުރަތަމަ ހާފުގައި ލަނޑުޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ ސްޕާސްގެ ބްރެޒިލް ތަރި ރިޗާލްސަންއަށެވެ. މެޗުގެ ދެވަނަ ހާފު ބޯންމަތުން ވަރަށް ވަރުގަދަށް ފަށާ އޮންޓޯނީ ސިމިއުނީ ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. މެޗުގައި ސްޕާސްއިން ލީޑު އިތުރަށް ފުޅާކުރީ 63 ވަނަ މިނިޓުގައި ޑެސްޓިނީ އުޑޯގީ ދިން ބޯޅައަކުން ކުލުސެވްސްކީއެވެ.
މި މޮޅާއެކު ޓޮޓެންހަމް މިވަނީ ލީގުގެ ފުރަތަމަ ތިން މެޗުން 7 ޕޮއިންޓު ހޯދައިފައެވެ. ލީގުގެ ފުރަތަމަ ތިން މެޗު ކުޅުނު އިރު ބޯންމަތަކަށް އަދި މޮޅެއް ލިބިފައެއްނުވެއެވެ.