މ.ހުދުކަނީރުގޭގެ ގްރައުންޑް ފްލޯގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފިއެވެ.
މި ދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.
އެމްއެންޑީއެފުން ވިދާޅުވީ ރޯވެފައިވަނީ ހުދުކަނީރުގޭ ގްރައުންޑް ފްލޯގައި ހުރި ހާޑުވެއަރ ސާމާނު ރައްކާކޮށްފައި ހުރި ގުދަނެއްގައިކަމަށެވެ.
މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބުނީ ހެނދުނީ 7.45 ހާއިރުއެވެ.