ތިމާވެށި

އެންވަޔަރަމަންޓް ސްކޮލަރޝިޕް 16 ދަރިވަރަކަށް


މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައ ކިޔަވާ ސޯޅަ ދަރިވަރަކަށް ސްކޮލަރޝިޕް ހަވާލުކުރައްވައިފިއެވެ.މިއީ ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ) އާއި އޮސްޓްރޭލިޔާ ސަރުކާރުގެ ހިލޭ އެހީގައި ވޯލްޑް ބޭންކާއި ދިވެހި ސަރުކާރާ ގުޅިގެން އެމް.އެން.ޔޫ އިން ހިންގަވާާ ބެޗްލަރ އޮފް އެންވަޔަރަންމެންޓަލް މެނޭޖްމަންޓް ކޯހުގައި ކިޔެވުމަށް ދެވުނު ސްކްލަރޝިޕެއްކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރައްވައެވެ.

މި ސްކޮލަރޝިޕް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޠާރިޤް އިބްރާހިމްއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިފަދަ ފުރުސަތުތަކުގެ ސަބަބުން ކުރިއަށްއޮތް ތާނގައި ތިމާވެށީގެ ދާއިރާއަށް ހޭލުންތެރިވެފައިވާ ބަޔަކު އުފެދިގެންދާނެ ކަމަށެވެ. ރާއްޖޭގެ ކައުންސިލްތަކުގައިވެސް ީ ތިމާވެށީގެ ރޮނގުން މަތީ ތައުލީމް ހާސިލްކޮށްފައި ތިއްބެވި ބޭފުޅުން ތިއްބެވުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށާއި އޭރުން އެރަށްރަށުގެ ތިމާވެށިި ރައްކާތެރިކުރުމަށް ފަސޭހަވެގެންދާނެކަންް މިނިސްޓަރ ޠާރިޤް ފާހަގަކުރެއްވިއެވެ.

މި ސްކޮލަރޝިޕް ދެއްވުމުގެ މަޤްސަދަކީ ތިމާވެށީގެ ދާއިރާއިން މީހުން ތަމްރީން ކުރެއްވުންކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރައްވައެވެ. މި ސްކޮލަރޝިޕްގެ ޖުމްލަ އަގަކީ 1.2 މިލިއަން ދިވެހި ރުފިޔާކަމަށްވެސް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.