ކުޅިވަރު

ބަޔާން ބަލިކޮށް ޖަރުމަން ސުޕަ ކަޕް ލައިޕްޒީގަށް


ވަރުގަދަ ބަޔާން މިއުނިކް ބަލިކޮށް އާރްބީ ލައިޕްޒީގުން ޖަރުމަން ސުޕަ ކަޕް ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.

ރޭ ކުޅުނު މެޗު ލައިޕްޒީގުން ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

ބަޔާނުގެ އެލިއާންޒް އެރީނާގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް އެ ޓީމުންނެވެ. އެކަމަކު މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން މި މެޗުގައި ބަޔާނަށް ހިފިފައެއް ނުވެއެވެ.

ރޭގެ މެޗުގައި ލައިޕްޒީގުން ކާމިޔާބުކުރި ތިން ލަނޑުވެސް އެ ޓީމަށް ޖަހައިދިނީ ސްޕެއިންގެ ފޯވާޑް ޑެނީ އޮލްމޯއެވެ. އެގޮތުން ފުރަތަމަ ލަނޑު އޮލްމޯ ކާމިޔާބުކުރީ މެޗު ފަށައިގެން ތިންވަނަ މިނިޓުގެ ތެރޭގައެވެ. އަދި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓިމޯ ވާނާ ދިން ބޯޅައަކުން އޮލްމޯ ވަނީ ލައިޕްޒީގަށް ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި އޮލްމޯ، އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 68 މިނެޓުގެ ލިބުނު ޕެނެލްޓީއަކުންނެވެ.

މި ފަހަރުގެ ސުޕަ ކަޕް މެޗުން ބަޔާން ބަލިވިއިރު، އެ ޓީމުން ވަނީ މިދިޔަ ސީޒަނުގެ ސުޕަ ކަޕް މެޗުގައި ވާދަވެރި ބޮރޫޝިއާ ޑޯޓްމުންޑް އަތުން 5-3 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި ފަހަރުގެ ސުޕަ ކަޕް މެޗުން ބަލިވުމުން، ބަޔާން ކޯޗު ޓުކެލް ބުނީ މި ވަގުތަށް ބަލާއިރު، ބަޔާނުން ޕްރީ-ސީޒަނުގައި ކުރި މަސައްކަތެއްގެ ނަތީޖާ މި މެޗުން ނުފެނުނު ކަމަށެވެ. އެކަމަކު ކުރިއަށް އޮތްތަނުގައި ކަންކަން ބަދަލުވާނެ ކަމަށްވެސް ޓުކެލް ވަނީ ބުނެފައެވެ.