ޚަބަރު

ގއ.އަތޮޅުގެ ބޯހިޔާވަހިކަން ހައްލުކޮށް ހޮސްޕިޓަލް އެޅުމަށް ރައީސްގެ ވަޢުދުފުޅުތަކެއް


  • ބޯހިޔާވަހިކަމުގެ މަޝްރޫތައް ގެންދާނަނެކަމަށް ވަޢުދުވެވަޑައިގެންނެވި

  • ސިއްޙީ ޚިދުމަތް ފުޅަކުރައްވާނެކަމަށް ވިދާޅުވި

  • މިއީ ރައްޔިތުންގެ އަޑު އަހައިގެން ތައްޔާރުކޮށްފައިވާ ސިޔާސަތުތަކެއްކަމަށްވެސް ވިދާޅުވި

ކުރިއަށް އޮތް ދައުރަށް އިންތިޚަބުވެވަޑައިގެންފިނަމަ، ހުވަދުއަތޮޅު ދެކުނުބުރީގެ ހުރިހާރަށަކަށް ފްލެޓާއި ރޯހައުސް އަޅުއްވައި، އެރަށްތަކަށް ދިމާވެފައިވާ ބޮހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ގެނެސްދެއްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުން އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ގއ.އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވަނީ ގއ.ގެ ފަސް ރަށަކަށް ވަޑައިގެންފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ގއ. ކޮނޑޭ، ދާންދޫ، ނިލަންދޫ، ކޮލަމާފުށި އަދި މާމެންދޫއަށް ވަޑައިގެންފައެވެ. އެރަށްރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުލު ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އެރަށްރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކޮށްދެއްވުމަށް އަންނަ ދައުރުގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދަވާނެކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އެންމެ ފުރަތަމަ ވަޑައިގެންނެވީ ގއ.ކޮނޑޭއަށެވެ. އެރަށަށް ވަޑައިގެން ކުރިއަށް އޮތް 5 އަހަރު ރަށުގެ ތަރައްޤީއަށް ކޮށްދޭއްވާނެކަންކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މަޝްރޫޢުއެއް ކުރިއަށް ގެންދަވާނެކަން ހާމަކުރެއްވިއެވެ.ރައީސް ވަނީ ވިއްސާރައިގައި ދާންދުއަށްވެސް ވަޑައިގެން ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން އެރަށުގެ ހިއްކި ސަރަހައްދުގައި ފްލެޓާއި ރޯހައުސް އަލައިދެއްވާނެކަމަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެ ރަށުގެ ސިއްހީ މަރުކަޒުގެ ވަސީލަތްތައް އިތުރުކޮށްދެއްވުމާއި، ދާންދޫގެ މަގުތަކުގައި ތާރު އަޅައިދެއްވާނެކަމަށްވެސް ވައުދުވެވަޑައިގެންނެވިއެވެ. އަދި ރަށުގައި ބޭންކުގެ ޚިދުމަތް ޤާއިމްކޮށްދެއްވާނެ ކަަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

"މި ސަރުކާރުން ދާންދޫއަށް ކޮށްދިނުމަށް ވައުދުވި ކަންކަން ވަނީ ނިމިފައި. ޤަބޫލުރުކަރަން މިވައުދުތައް ފުއްދާނެކަން އާއްމުންނަށް ޤަބޫލުކުރެވޭނެ ކަމަށް. އެކަން މުޅި ރާއްޖޭގެ ރަށްތަކަށް ބަލާލުމުންވެސް އެނގިގެން ދޭ." އެމްޑީޕީގެ ރިޔަސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ކެމްޕެއިން މިދަތުރުފުޅުގައި ރައީސް ވަނީ ނިލަންދޫއަށް ވަޑައިގެން ރާއްޖޭގެ ތަރައްގީއަށްޓަކައި އަދިވެސް ގިން ކަންތައްތަކެއް ކުރަންހުރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ވެރިކަމުގައި ތިބޭބަޔަކަށް ކުރިއަށް ދެވޭނީ ބޭކާރު ސިޔާސީ ހަލަބޮލިކަމެއް ނެތި ކަމަށާއި، ރާއްޖެ މިދަނީ ޑިމޮކްރަސީއަކަށް ފައްކާވަމުންކަމަށް ރައިސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ވަނީ ނިލަންދޫއަށްވެސް 2 ވަނަ ދައުރެއްގައި ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ.

ކޮލަމާފުށްޓަށް ވަޑައިގެން އެ މަނިކުފާނު ވަނީ އެ ރަށުގެ ބިން ހިއްކައި ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށް ދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. އަދި ހައުސިން ޔުނިޓްތަކެއް އަޅުއްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން އެއަތޮޅު މާމެންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނަށްވެސް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކެމްޕެއިން ދަތުރުފުޅުގައި ރައީސް ވަނީ އެމަނިކުފާނު ރަށްރަށަށް ވަޑައިގެން ވެވަޑައިގެންނަވާ ވަޢުދުފުޅުތަކަކީރައްޔިތުންގެ އަޑު އައްސަވައިގެން ތައްޔާރުކޮށްފައިވާ ސިޔާސަތުތަކެއްކަމަށްވެސް ވިދާޅުވެފައެވެ.